އިއުލާނުDEM/IUL/2024/020

ނ. މާފަރު ކައުންސިލްގެ އަންހެން މެންބަރު އަދި މ. މަޑުއްވަރީ ކައުންސިލްގެ ރައީސްގެ ބައި-އިލެކްޝަންގެ ޕްރައިމަރީއަށް ހުޅުވާލުން

23 ފެބްރުއަރީ 2024 ‪11:30 am

30 މާޗް 2024 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން އިއުލާނުކޮށްފައިވާ ނ. މާފަރު ކައުންސިލްގެ އަންހެން މެންބަރު އަދި މ. މަޑުއްވަރީ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ޕްރައިމަރީ އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރައިމަރީއަށް ކުރިމަތިލުމަށް އެދޭ ޕާޓީގެ މެމްބަރުން، މި އިއުލާނާއެކު ޝާއިއުކުރެވިފައިވާ ފޯމު މެދުވެރިކޮށް ޕާސްޕޯޓް ސައިޒުގެ ފޮޓޯއަކާއި، އައިޑީ ކާޑުގެ ސާފު ކޮޕީއަކާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ސާފުކޮށްފައިވާ ކުށާއި ދަރަނީގެ ރިކޯޑު ފޯމާއި އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ސާފުކޮށްފައިވާ ޖިނާއީ ކުށްތަކާ ގުޅޭ ރިކޯޑް ފޯމާއެކު 25 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ 16:00 ކުރިން ހުށަހެޅުއްވުން އެދެން.

މި ބައި-އިލެކްޝަންގައި މި ޕާޓީގެ ފަރާތުން ވާދަކުރުމަށް އެދި، އެންމެ މެމްބަރަކު ކުރިމަތިލާ ދާއިރާތަކުގައި ޕްރައިމަރީއަކާ ނުލާ އެ މެމްބަރަކަށް މި ޕާޓީގެ ޓިކެޓް ހަވާލުކުރެވޭނެއެވެ. އަދި އެއް މެމްބަރަކަށްވުރެ ގިނަ މެމްބަރުން ކުރިމަތިލާ ދާއިރާތަކުގައި ބޭއްވޭ ޕްރައިމަރީ އޮންނާނީ 26 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ 09:00 އިން 16:00 އަށެވެ.

މި ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ، މި އިއުލާނު ޝާއިއުކުރުމާއި ހަމައަށް މި ޕާޓީގެ ދަފްތަރުގައި ރަޖިސްޓާވެފައިވާ މެމްބަރުންނަށެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.

*އެޕްލިކޭޝަން ފޯމް*

Comments