ނޫސްބަޔާންDEM/PRL/2024/014

ގައުމީ ޔުނިވާރސިޓީގެ މެޑިކަލް ސްކޫލުގެ ދަރިވަރުންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ދަ ޑިމޮކްރެޓްސް އިން އިލްތިމާސްކުރުން

27 އޭޕްރީލު 2024 ‪01:00 pm

ދަރުމަވަންތަ ހޮސްޕިޓަލުގައި ވަގުތީގޮތުން ގާއިމުކޮށްފައިވާ ގައުމީ ޔުނިވާރސިޓީގެ މެޑިކަލް ސްކޫލް ކުށްލިގޮތަކަށް އެތަނުން ބަދަލުކުރުމަށް ނިންމުމާގުޅިގެން، ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިލް ކަންކަމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމުގެ ކަންބޮޑުން އެ ދަރިވަރުން ފާޅުކުރަމުންގެންދާކަން މި ޕާޓީގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.

ތައުލީމު ހާސިލުކުރުމުގައި ބޮޑެތި ދަތިތަކާއި ހުރަސްތައް ދަރިވަރުންނަށް ކުރިމަތިވިޔަ ނުދިނުމަކީ ކަމާބެހޭ އެންމެހާ ފަރާތްތަކުން އަބަދުވެސް ސަމާލުވާންޖެހޭކަމެކެވެ. އަދި ދަރިވަރުންނާ ގުޅޭ ކަންކަން އިންތިޒާމުކޮށް، ވަސީލަތްތައް ގާއިމުކޮށްދިނުން މަތިކޮށްފައިވާ ފަރާތްތަކުން އެކަންކަން މެދުކެނޑުމެއް ނެތި ކަށަވަރުކޮށްދިނުމަކީ އިންތިހާއަށް މުހިއްމުކަމެކެވެ.

ގައުމީ ޔުނިވާރސިޓީގެ މެޑިކަލް ސްކޫލުގެ ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިކަލް ލެބްތަކުގެ ހިދުމަތްތަކާއި އަދި ހޮސްޕިޓަލުން ހާސިލުކުރުމަށް ކަނޑައެޅިފައިވާ އަމަލީ ތަޖުރިބާތައް ހާސިލުކުރުމަށް އެއްވެސް ދަތިކަމެއް ނާންނާނޭހެން އިންތިޒާމްތައް އަވަސް ފުރުސަތެއްގެ ތެރޭގައި ހަމަޖައްސަވައިދެއްވުމަށް ކަމާބެހޭ ފަރާތްތަކަށް ދަ ޑިމޮކްރެޓްސް އިން އިލްތިމާސްކުރަމެވެ.

Comments