ނޫސްބަޔާންDEM/PRL/2024/016

މ.މަޑުއްވަރީ ކައުންސިލް ރައީސްގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް މުޙައްމަދު އާޒިމް ޢަލީއަށް މަރުޙަބާ ކިޔުން

04 މޭ 2024 ‪02:00 pm

4 މޭ 2024 ވީ ހޮނިހިރު ދުވަހު ބޭއްވި މ.މަޑުއްވަރީ ކައުންސިލް ރައީސްގެ ބައި-އިލެކްޝަންގައި ވާދަކުރެއްވި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް މުޙައްމަދު އާޒިމް ޢަލީ، އެ އިންތިހާބު ކާމިޔާބުކުރައްވާފައިވާތީ މި ޕާޓީން މަރުހަބާ ދަންނަވަމެވެ.

މުޙައްމަދު އާޒިމް ޢަލީ އެ އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ ސަރުކާރު ނިސްބަތްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓްގެ މައްޗަށް ކުރިހޯއްދަވައި، 194 ވޯޓާ އެކުގައެވެ. މި އިންތިހާބުގައި ދެން ވާދަކުރެއްވި ޕީއެންސީ ގެ ކެނޑިޑޭަޓަށް ލިބިފައިވަނީ 144ވޯޓެވެ.

މުޙައްމަދު އާޒިމް ޢަލީއަށް ވޯޓްދެއްވި އެންމެހަާ ރައްޔިތުންނަށާއި ކޭމްޕޭންކޮށްދެއްވި ހުރިހާ ފަރާތްތަކަށް މި ޕާޓީން ޝުކުރު ދަންނަވަމެވެ.

Comments