ސިޔާސަތުތައް

ލާމަރުކަޒީ ބަދަލު

SHARE

ދިވެހިރާއްޖެ ލާމަރުކަޒީ އުސޫލުން ހިންގުމަށް ކޮންމެހެން ބޭނުންވާ އަސާސީ ސިފަތަކާއި ބާރުވެރިކަމާއި ހެޔޮ ހިންގުމުގެ ބަހާތައް ޤާނޫނު އަސާސީން ކަނޑައަޅާ ދުރުމުސްތަޤްބަލަށް ތަޞައްވުރެއް ކަނޑައަޅާ އެ މަގަށް ދިވެހިރާއްޖޭގެ ހިންގުމާއި ޤައުމީ ތަރައްޤީ ބައްޓަންކުރަންޖެހެއެވެ. އެގޮތުން؛ ގުދުރަތީ، އިންސާނީ، އުމްރާނީ ވަސީލަތްތައް ބޭނުންކުރާނެގޮތް ކަނޑައަޅާ ތަރައްގީގެ ނިންމުންތައް ނިންމުމަށް ރަށާއި އަތޮޅުގެ ވަސީލަތްތައް ބެހިފައިހުރި ގޮތާއި، މިންވަރާއި، އޭގައިވާ ރަގަޅު ނުގަޅު ގުނާ އަދަދުކޮށް މިނެކިރުމަށާއި، ރައްޔިތުންގެ ބައިވެރިވުމާއި ބާރުވެރިކަން އިތުރުކުރުމާއި، ރޭވުންތެރި މަރުހަލާތައް ފުޅާކުރުމާއި، ފަނާކުރުވަނިވި ގޮތްތައް މަދުކޮށް، ދެމެހެއްޓެނިވި ތަރައްގީގެ ހަމަތަކަށް މަގުފަހިކޮށްދޭން ޖެހެއެވެ. ފަނާކުރާ ތަރައްގީގެ ސަގާފަތު ކުޑަކޮށް އެއިން އުފެދޭ ބާގަނޑުތައް ފޫބައްދާ ލާމެހިފައިވާ ސަރަހައްދީ ވިސްނުމަކުން ވަސީލަތްތައް މަދު ރަށްރަށަށް ލުއި ލިބޭ ހަމަޔާ އިންސާފުން ތަރައްގީ ބައްޓަންކުރަންޖެހެއެވެ. މޫސުމީ ކަންބޮނޑުވުންތަކަށް ތަސައްލީ ލިބިދޭނެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ އެއްކީލި ވިލުންތެރި ތަރައްގީއަށް މަގުފަހިކުރަންޖެހެއެވެ.