ކެމްޕޭންތައް

ރިޔާސީ އިންތިހާބު 2023

SHARE

ޑިމޮކްރެޓުން އިންތިހާބުގައި ވާދަކުރީ ރާއްޖޭގެ އުފެއްދުންތެރިކަމުން ލިބޭ އާމްދަނީއާއި ކުރިއެރުމަކީ، ކޮންމެ ދިވެހި ރައްޔިތެއްގެ އިތުރުން ކޮންމެ ރަށެއްގެ ކޮންމެ ގެއެއްގެ އާމްދަނީއަށް ލިބޭ ކުރިއެރުމަކަށް ހެދުމުގެ ވައުދާއެކުއެވެ. ގައުމަށް ލިބޭ އާމްދަނީގެ މަންފާއަކީ ކޮންމެ ރަށަކަށް، ކޮންމެ ގެއަކަށް، ކޮންމެ މީހަކަށް ތަފާތުކުރުމެއްނެތި ލިބެންވާނެކަމާއެކު، ގައުމުގެ ތަރައްގީގެ މަންފާއިން ކޮންމެ ފަރުދަކަށް އިތުރު އާމްދަނީ ހޯދުމުގެ ފަހި ފުރުސަތުތަކާއި، ފުރިހަމަ ވަށާޖެހޭ ސިއްހީ ހިދުމަތާއި، ނިމުމެއްނެތް ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކާ، ފަރުދީ އަދި އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށެވެ.