2ފުރަތަމަ ދައުރުގެ މަގާމުފުރާތަކުގެ އިންތިހާބު ބޭއްވުމަށް ކަނޑައެޅުން

ދަޑިމޮކްރެޓްސްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން ޕާޓީގެ ދާއިމީ މަގާމުފުރާތައް ފުރާނެ މީހުން އިންތިހާބުކުރުމަށް ޕާޓީގެ މެމްބަރުންގެ މެދުގައި އާއްމު އިންތިހާބުތައް ބޭއްވުމަށް ޕާޓީގެ އިންޓެރިމް ކައުންސިލުގެ 10 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ. 12 އޮކްޓޫބަރ 2023 ވަނަ ދުވަހުގެ ބައްދަލުވުމުގެ ނިންމުންތައް ތިރީގައި ބަޔާންކުރެވިފައިވަނީ އެވެ.

އިންތިހާބު ކޮމިޓީއާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް
1. އިންތިހާބު ބޭއްވުމުގެ އުސޫލް އެކުލަވާލާ އާއްމުކުރުން.
2. އިންތިހާބު ބޭއްވުމުގެ މަސައްކަތްތައް ރާވާ އިންތިޒާމްކޮށް މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުން.
3. އިންތިހާބާ ގުޅޭ މައުލޫމާތު އަދާހަމަކޮށް އާއްމުކުރަމުން ގެންދިއުން.

އިންތިހާބާގުޅޭ މައިގަނޑު ކަނޑައެޅުންތައް
1. ޕާޓީގެ މެމްބަރުން ގޮތުގަ ބަލާނެ ދަފްތަރަކީ ސީދާ ޕާޓީން ބަލަހައްޓާ އާއްމުކުރާ ދަފްތަރެކެވެ.
2. އިންތިހާބަށް ކުރިމަތިލުމަށް ވަގުތުން ހުޅުވާލުމަށާއި 15 ނޮވެމްބަރު 2023 ގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުކުރުމަށާއި އަދި 15 ނޮވެމްބަރުގެ ނިޔަލަށް ޕާޓީއަށް ވަންނަ ކޮންމެ ފަރާތަކަށްވެސް މަގާމުފުރާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާފައި ބޭއްވުން.
3. 20 ނޮވެމްބަރ 2023 ގެ ނިޔަލަށް ޕާޓީއަށް ވަނުމަށް ފޯމު ހުށަހަޅާ، ޕާޓީ ދަފްތަރުގައި ޖެހޭ ފަރާތްތަކަށް އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާކަމަށް.

Comments