އިއުލާނުDEM-EC/IUL/2023/005

މާލެ ސިޓީ މޭޔަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލުން

05 ނޮވެމްބަރު 2023 ‪11:00 am

ސުރުހީގައި ބަޔާންކޮށްފައިވާ ޕްރައިމަރީ އިންތިހާބު 25 ނޮވެމްބަރ 2023 ވާ (ހޮނިހިރު) ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިހާބުގައި ދަ ޑިމޮކްރެޓްސް ޓިކެޓަށް ވާދަކުރުމަށް އެދޭ ފަރާތްތަކުން، ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފީމެވެ. މިޕްރައިމަރީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި، ޓައިމްލައިން މައުލޫމާތަށްޓަކައި ހިއްސާކުރަމެވެ.
ލޯކަލް ކައުންސިލް ބައި-އިލެކްޝަން ޕްރައިމަރީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމު
5 ނޮވެމްބަރ - ޕްރައިމަރީ އިންތިހާބަށް ކުރިމަތިލުމަށްއެދި ފޯމު ހުށަހެޅުމަށް ހުޅުވާލުން
5 ނޮވެމްބަރ - ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އިއުލާނުކުރުން
5 ނޮވެމްބަރ - ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން
21 ނޮވެމްބަރ - ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓު އިއުލާނުކުރުން
11 ނޮވެމްބަރ - ޕްރައިމަރީ އިންތިހާބުގެ އޮބްޒާވަރުންނަށްވުމަށް އެދި ހުށަހެޅުން
11 ނޮވެމްބަރ - ކެންޑިޑޭޓުންގެ ވަގުތީ ލިސްޓް އިއުލާނުކުރުން
12 ނޮވެމްބަރ - ކެންޑިޑޭޓުންގެ ދާއިމީ ލިސްޓު އިއުލާނުކުރުން
25 ނޮވެމްބަރ - ޕްރައިމަރީ އިންތިހާބީ ބޭއްވުން
25 ނޮވެމްބަރ - ޕްރައިމަރީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރުން
26 ނޮވެމްބަރ - ޕްރައިމަރީ އިންތިހާބުގެ ދާއިމީ ނަތީޖާއާއި އިންތިހާބުވި ފަރާތް އިއުލާނުކުރުން

  • އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން ކުރިމަތިލުމަށް ހުށަހަޅަންވާނީ، މަތީގައިވާ ލިންކުގައިވާ އޮންލައިން ފޯމާއި ފޯމުގަ ބަޔާންކުރާ މައުލޫމާތުތަކެވެ.
  • ފޯމު ހުށަހެޅުމުގައި އެއްވެސް ހުރަހެއް އަދި އިންތިހާބާގުޅޭ މައްސަލައެއް ކުރިމަތިވެއްޖެނަމަ [email protected] އަށް އީމެއިލްއަކުން އެކަން ބަޔާންކޮށް އަންގާންވާނެއެވެ.
  • ސައްހަ ފޯމު ހުށަހަޅާ ތަރުތީބުން ކެނޑިޑޭޓުން ތަރުތީބުކުރަމުން ކެނޑިޑޭޓް ނަމްބަރު ދެމުން ގެންދެވޭނެއެވެ. ފޯމުގައިވާ މައުލޫމާތު ފުރިހަމަ ނުވެގެން އަލުން ފޯމު ހުށަހަޅާނަމަ، އަސްލު ފޯމުކަމަށް ބެލެވޭނީ އެންމެ ފަހުން ހުށަހެޅުނު ފޯމެވެ.
  • ކެނޑިޑޭޓް ފޯމު ބަލައިގަތުމުގެ ސުންގަޑިއަކީ 11 ނޮވެމްބަރ 2023 ދުވަހުގެ ރޭގަނޑު 10:00 އެވެ. އަދި އެވަގުތާ ހަމައަށް ޕާޓީ ދަފްތަރުގައި ރެޖިސްޓްރީވާ ހުރިހާ ފަރާތްތަކަށް މަގާމު ފުރާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެއެވެ.

Comments