އިއުލާނުDEM-EC/IUL/2023/017

މާލޭ ސިޓީ މޭޔަރު ބައި އިލެކްޝަންގައި ޑިމޮކްރެޓްސް ފަރާތުން ވާދަކުރާ ކެނޑިޑޭޓް ކަނޑައެޅުން

20 ނޮވެމްބަރު 2023 ‪07:00 am

މާލެ ސިޓީ މޭޔަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ޕްރައިމަރީއަށް ކުރިމަތިލުމަށް ނޮވެމްބަރ 5، 2023 ދުވަހު މިޕާޓީން އިއުލާނުކޮށްފައިވާ މުއްދަތުގައި އެމަގާމަށް ވާދަކުރުމަށް ހުށަހަޅާފައިވަނީ ހަމައެކަނި މުޙައްމަދު ސައިފް ފާތިހް އެކަނި ކަމުގައިވާތީ، މި ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން މާލޭ ސިޓީ މޭޔަރު އިންތިހާބުކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަނަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާނީ މުޙައްމަދު ސައިފް ފާތިހް (އައިކޮ) ދިވެހިރައްޔިތެންކަން އަންގައިދޭ ކާޑު ނަމްބަރު A160625 ކަމުގައި ކަނޑައަޅައިފީމެވެ.

Comments