ނިންމުންތައްDEM/NAA/002

ނެޝަނަލް އެސެމްބްލީގެ 2 ވަނަ ބައްދަލުވުމުގެ ނިންމުންތައް

22 ޖެނުއަރީ 2024 ‪04:00 am

ބައްދަލުވުން:  ދަ ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީގެ 2 ވަނަ ބައްދަލުވުން

ތަން: ބިލަބޮންގް ހައި، އަމީނީ މަގު، މާލެ (ހާޒިރުވެގެން) އަދި ގޫގްލް މީޓް (ވާޗުއަލްކޮށް)

ތާރީހު: 21 ޖެނުއަރީ 2024، އާދިއްތަ ދުވަސް

ގަޑި: 20:30

އެޖެންޑާ: DEM/NAA/002

 

1.      20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މި ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ތާރީހުތަކަށް ޕާޓީގެ އިލެކްޝަންސް ކޮމިޓީއިން ހުށަހެޅި އިސްލާހުތައް ނެޝަނަލް އެސެމްބްލީގެ އަގުލަބިއްޔަތުން ފާސްކުރުން: މިގޮތުން:

·      މި ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންނާއި އަދި ވޯޓު ދިނުމުގެ ހައްގު ލިބޭނެ މެމްބަރުން ޕާޓީގެ ދަފްތަރުގައި ރަޖިސްޓާ ވާންޖެހޭ ސުންގަނޑި: 28 ޖެނުއަރީ 2024 ވާ އާދިއްތަ ދުވަހުގެ 18:00 ގެ ނިޔަލަށް.

·      މި ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަނޑި: 28 ޖެނުއަރީ 2024 ވާ އާދިއްތަ ދުވަހުގެ 18:00 ގެ ނިޔަލަށް.

·      ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ ވަގުތީ ލިސްޓް އާއްމުކޮށް، ޝަކުވާއަށް ހުޅުވާލުން: 28 ޖެނުއަރީ 2024 ވާ އާދިއްތަ ދުވަހުގެ 18:00 ގައި.

·      ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަނޑި: 31 ޖެނުއަރީ 2024 ވާ ބުދަ ދުވަހުގެ 18:00 ގެ ނިޔަލަށް.

·      ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ ދާއިމީ ލިސްޓް އާއްމުކުރުން: 1 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހު.

·      ޕްރައިމަރީގެ ވޯޓުލުން: 3 ފެބްރުއަރީ 2024 ވާ ހޮނިހިރު ދުވަހުގެ 09:00 އިން 16:00 އަށް.

Comments