ނޫސްބަޔާންDEM/PRL/2024/007

ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ރުހުން ނުދިން ވަޒީރުންތަކެއް އަލުން އަނބުރާ އައްޔަނުކޮށް، ސަރުކާރުން ގާނޫނުއަސާސީގެ ހުރުމަތް ކަނޑާލާފައިވާތީ އެކަން ކުށްވެރިކޮށް ނެރޭ ނޫސްބަޔާން

30 ޖެނުއަރީ 2024 ‪10:30 am

"ރައްޔިތުން މަޖިލީހުގެ ބޮޑު އަގުލަބިއްޔަތުން ރުހުން ނުދިން ވަޒީރުންތަކެއް އަލުން އަނބުރާ އައްޔަނުކުރުމަކީ ގާނޫނުއަސާސީގެ ހުރުމަތް ކަނޑާލުން. އެ ނަންތަކެއް އަނބުރާ ނުފޮނުވޭނެ" - ދަ ޑިމޮކްރެޓްސް

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުންތަކެއް އަލުން އައްޔަންކުރުމަކީ ގާނޫނުއަސާސީގެ ހުރުމަތްކަނޑާލުމެވެ. ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރުންގެ ނަންތަކެއް އަލުން އަނބުރާ ނުފޮނުވޭނެއެވެ. 

އަދި ހަމައެހެންމެ، ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން މީހަކު ބަންޑާރަނައިބުގެ ހައިސިއްޔަތާ އަމިއްލަ ޒާތީ ތައައްސުބުގެ ދެމެދުގައި ތާށިވެ ހުރެގެން، ގާނޫނުއަސާސީގެ އިންތަކާ މިންތަކުން ބޭރުން ގާނޫނީ ލަފަޔާއި ރައުޔުތައް ނެރި، ދައުލަތް ތަމްސީލެއް ނުކުރެވޭނެއެވެ.

ދަ ޑިމޮކްރެޓްސް އިން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި އަމަލުތައް ބަލައެއް ނުގަންނަމެވެ. އަދި ގާނޫނުއަސާސީގެ ހުރުމަތާއި، ދުނިޔޭގެ ޑިމޮކްރެޓިކް ހަމަތަކާއި، ގާނޫނީ ދައުލަތްތަކުގެ ނިޒާމުތައް ރޭވިފައި އޮންނަ އެންމެ އަސާސީ މަފްހޫމުތަކަށް ކުޑައިމީސް ނުކުރެއްވުމަށް ހަނދުމަކޮށް އަރުވަމެވެ.

Comments