އިއުލާނުDEM/IUL/2024/006

ޕާޓީ ރައީސްގެ ކައުންސިލް އެކުލަވާލުން

31 ޖެނުއަރީ 2024 ‪11:00 am

ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ގައުމުގެ ސިޔާސީ، އިޖުތިމާއީ އަދި އިގްތިސާދީ ކަންކަމުގައި ޕާޓީ ރައީސަށް ލަފާ ދިނުމަށް އުފައްދަން އޮންނަ ޕާޓީ ރައީސްގެ ކައުންސިލް އުފައްދާ އަންނަނިވި މެމްބަރުން، އެ ކައުންސިލަށް އައްޔަނުކުރުމަށް ޕާޓީގެ ރައީސް ވަނީ ނިންމާފައެވެ. މި ކައުންސިލްގެ މަސައްކަތުގެ ދައުރުގެ ތެރޭގައި ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން، ނެޝަނަލް އެސެމްބްލީގެ ދެބައްދަލުވުން ދެމެދުގައި ޕާޓީގެ ސިޔާސަތުތަކަށް ބަދަލެއް ގެންނަން ޖެހޭނަމަ އެފަދަ ބަދަލެއް ގެނައުމަށް ޕާޓީގެ ރައީސަށް ލަފާދިނުމާއި، ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަމުގައި ޕާޓީގެ ރައީސަށް ލަފާދިނުމާއި އަދި ނެޝަނަލް އެސެމްބްލީގެ ދެ ބައްދަލުވުން ދެމެދުގައި ނެޝަނަލް އެސެމްބްލީން އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުން ހިމެނެއެވެ.

  • ޕާޓީގެ ރައީސް
  • ޕާޓީގެ ނައިބު ރައީސުން
  • ޕާޓީގެ ސެކްރެޓަރީ ޖެނެރަލް
  • ޕާޓީގެ ކައުންސެލް ޖެނެރަލް
  • ޕާޓީގެ ރަޖިސްޓާ ޖެނެރަލް
  • ޕާޓީގެ ސްޕޯކްސްޕާސަން
  • ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު
  • ޕާލިމަންޓްރީ ގްރޫޕްގެ ނައިބު ލީޑަރުން
  • ޕާލިމަންޓްރީ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލް
  • ޕާލިމަންޓްރީ ގްރޫޕްގެ ވިޕް
  • ޔަންގް ޑިމޮކްރެޓްސްގެ ލީޑަރު
  • ޔަންގް ޑިމޮކްރެޓްސްގެ ނައިބު ލީޑަރު
  • ވިމެން ޑިމޮކްރެޓްސްގެ ލީޑަރު
  • ވިމެން ޑިމޮކްރެޓްސްގެ ނައިބު ލީޑަރު

 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.

Comments