އިއުލާނުDEM/IUL/2024/008

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕްރައިމަރީއަށް ހުޅުވާލި ފުރުސަތުގައި އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާ ދާއިރާތަކަށް، މި ޕާޓީގެ ފަރާތުން ވާދަކުރުމަށް އިތުރު ފުރުސަތެއް ހުޅުވާލުން

01 ފެބްރުއަރީ 2024 ‪03:00 pm

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ 93 ދާއިރާއަށް މި ޕާޓީގެ ފަރާތުން ވާދަކުރުމަށް ޕާޓީގެ އިންޓެރިމް ކައުންސިލުން ނިންމާ އަދި އެ ނިންމުން ދެމެހެއްޓުމަށް ޕާޓީގެ ދާއިމީ މަގާމުތަކަށް މީހުން އިންތިހާބު ކުރެވުމަށްފަހު އެކުލަވާލެވުނު ނެޝަނަލް އެސްބްލީގެ އަގުލަބިއްޔަތުން ފާސްކުރެވިފައި ވީހިނދު، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މި ޕާޓީގެ ފަރާތުން ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ބޭއްވޭ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް ކެންޑިޑޭޓަކު އެކަމަށް އެދި ހުށަހަޅާފައިވާ ނުވާ ދާއިރާތަކަށް މި ޕާޓީގެ ފަރާތުން ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިތުރު ފުރުސަތެއްގެ ގޮތުގައި އެކަމުގެ ޝައުގުވެރިކަންފާޅުކޮށް ހުށަހެޅުމަށް ހުޅުވާލުމަށް ޕާޓީ ރައީސްގެ ކައުންސިލުން ވަނީ ނިންމާފައެވެ.

މިގޮތުން، ޝައުގުވެރިކަންފާޅުކޮށް ހުށަހެޅުމުގެ ސުންގަނޑި އެއްކަމަށް ކަނޑައަޅާފައިވަނީ 6 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ 18:00 ގެ ނިޔަލަށެވެ. އަދި ޝައުގުވެރިކަންފާޅުކުރާ ފަރާތްތަކަކީ އެ ސުންގަނޑީގެ ނިޔަލަށް ޕާޓީގެ ދަފްތަރުގައި ރަޖިސްޓާވެފައިވާ މެމްބަރެއްކަމުގައިވުމާއެކު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ފުރިހަމަވާ މީހެއްކަމުގައިވާން ޖެހޭނެއެވެ.

އަދި، އިލެކްޝަން ކޮމިޝަނުން 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީހުތަކާއި އެކި ސުންގަނޑިތަކަށް ރިއާއަތްކުރާހިނދު، މި ފުރަސަތުގައި އެއް ފަރާތައްވުރެ ގިނަ ފަރާތްތަކުން ޝައުގުވެރިކަންފާޅުކޮށް ހުށަހަޅާ ދާއިރާތަކުގައި ވާދަވެރި ޕްރައިމަރީއަކުން ޕާޓީގެ ޓިކެޓް ހަވާލުކުރާނެ އެކަށީގެންވާ ވަގުތު ނެތުމާއެކު، އެ ހާލަތުގައި ޕާޓީގެ ފަރާތުން ވާދަކުރާނެ ފަރާތެއް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ އެ ކައުންސިލުންނެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މި ޕާޓީގެ ފަރާތުން ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ބޭއްވޭ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް ކެންޑިޑޭޓަކު އެކަމަށް އެދި ހުށަހަޅާފައިވާ ނުވާ ދާއިރާތަކަށް މި ޕާޓީގެ ފަރާތުން ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިތުރު ފުރުސަތެއްގެ ގޮތުގައި އެކަމުގެ ޝައުގުވެރިކަންފާޅުކޮށް ހުށަހެޅުމަށް ހުޅުވާލެވުނު ފުރުސަތުގައި، އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުން، މި އިއުލާނާއެކު ޝާއިއުކުރެވިފައިވާ ފޯމު މެދުވެރިކޮށް ޕާސްޕޯޓް ސައިޒުގެ ފޮޓޯއަކާއި، އައިޑީ ކާޑުގެ ސާފު ކޮޕީއަކާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ސާފުކޮށްފައިވާ ކުށާއި ދަރަނީގެ ރިކޯޑު ފޯމާއެކު ހުށަހެޅުއްވުން އެދެން.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.

*އެޕްލިކޭޝަން ފޯމް*

Comments