އިއުލާނުDEM/IUL/2024/011

ފުރަތަމަ ދައުރުގެ މަގާމުފުރާތަކުގެ އިންތިހާބުގައި ބާތިލުކުރެވުނު މަގާމުތަކުގެ އިންތިހާބު އަލުން ބާއްވާނެ ތާރީހު ކަނޑައެޅުން

04 ފެބްރުއަރީ 2024 ‪07:00 am

2 ޑިސެމްބަރު 2023 ވީ ހޮނިހިރު ދުވަހު ބޭއްވުނު މި ޕާޓީގެ ފުރަތަމަ ދައުރުގެ މަގާމުފުރާތަކުގެ އިންތިހާބުގައި، އިންތިހާބީ ޝަކުވާތަކާއި، ވަގުތީ ނަތީޖާއަށް ލިބުނު ޝަކުވާތަކާއި އަދި ވޯޓު ހައްގުވާ މިންވަރަށްވުރެ އިތުރަށް ވޯޓް ކަރުދާސް ދޫކޮށްފައިވާ ފޮށިތަކުގެ ނަތީޖާތައް ވަޒަންކުރުމަށްފަހު، އެ އިންތިހާބު ކުރިއަށް ގެންދިޔަ ޕާޓީގެ ވަގުތީ އިންތިހާބާބެހޭ ކޮމިޓީއިން ބާތިލުކޮށްފައިވާ މަގާމުތަކުގެ އިންތިހާބު 17 ފެބްރުއަރީ 2024 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް، އެ ކޮމިޓީއިން ވަނީ ނިންމާފައެވެ.

ވީމާ މިކަން އާއްމުކޮށް އިއުލާނުކުރީމެވެ.

Comments