ނޫސްބަޔާންDEM/PRL/2024/010

7 ފެބްރުއަރީ 2012 ގެ ބަގާވާތަށް 12 އަހަރު ފުރޭ ހިތާމަވެރި ދުވަސް ފާހަގަކުރުމުގެ ގޮތުން ދަ ޑިމޮކްރެޓްސް އިން ނެރޭ ނޫސްބަޔާން

07 ފެބްރުއަރީ 2024 ‪07:00 am

މިއަދަކީ 7 ފެބްރުއަރީ 2012 ގައި ދިވެހިރާއްޖޭގެ ފުރަތަމަ އުފެދުނު ޑިމޮކްރެޓިކް ވެރިކަން ވައްޓައިލުމަށް ހިންގި ބަގާވާތަށް 12 އަހަރު ފުރޭ ހިތާމަވެރި ދުވަހެވެ.

ރާއްޖޭގެ އިސްލާހީ ހަރަކާތްތެރިންނާއި ރައްޔިތުންގެ ބުރަ މަސައްކަތާއި ލިބުނު ގިނަގުނަ އަނިޔާތަކުގެ ތެރެއިން ގެނެވުނު ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމުގެ ތެރެއިން ރައްޔިތުން އިންތިހާބުކުރި ފުރަތަމަ ޑިމޮކްރެޓިކް ރައީސުލްޖުމްހޫރިއްޔާ، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމާ ދެކޮޅަށް ބަގާވާތްކޮށް ވެރިކަން މަގުމަތިން ވައްޓައިލާފައި ވަނީ އެއިރުގެ ސިޔާސީ އިދިކޮޅު ފަރާތްތަކާއި ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ގުޅިގެންނެވެ. އެހެންކަމުން، އެއީ ރާއްޖޭގެ ޑިމޮކްރެސީ ހަޔާތުގައި ދިމާވި އެންމެ ގެއްލުން ބޮޑު، ކަޅު ދުވަހެވެ.

7 ފެބްރުއަރީ އަށްފަހު ޖެހިގެންއައި 8 ފެބްރުއަރީގައި ހަތިޔާރު އެޅި ފުލުހުންގެ ތެރެއިން ބައެއް ފުލުހުން ރައްޔިތުން ގައިގާ ތަޅައި އަނިޔާވެރިވެފައިވަނީ އިންތިހާ ދަރަޖައަށްކަން ކަންބޮޑުވުމާއެކު މިއަދު ވެސް ފާހަގަކުރަމެވެ.

އަދި އެ ބިރުވެރިކަމުގެ ތެރެއިން ރައްޔިތުންގެ ދިރިއުޅުމާއި މުޅި ގައުމު ފަހަތަށް ދިއަ ދިއުމުން މިވަނީ މިއަދާ ހަމައަށް ވެސް އަރައި ނުގަނެވި ފޫނުބެއްދިއެވެ. މި ބަގާވާތް ދަ ޑިމޮކްރެޓްސް އިން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

Comments