އިއުލާނުDEM/IUL/2024/015

ހދ. ނޮޅިވަރަމް ދާއިރާގެ ރައީސްގެ އިންތިހާބު: ވޯޓު ފޮށި ބަހައްޓާ ތަންތަނާއި އަދި ވޯޓުލާ ވަގުތު

16 ފެބްރުއަރީ 2024 ‪11:00 am

2 ޑިސެމްބަރު 2023 ވީ ހޮނިހިރު ދުވަހު ބޭއްވުނު މި ޕާޓީގެ ފުރަތަމަ ދައުރުގެ މަގާމުފުރާތަކުގެ އިންތިހާބުގައި، އިންތިހާބީ ޝަކުވާތަކާއި، ވަގުތީ ނަތީޖާއަށް ލިބުނު ޝަކުވާތަކާއި އަދި ވޯޓު ހައްގުވާ މިންވަރަށްވުރެ އިތުރަށް ވޯޓް ކަރުދާސް ދޫކޮށްފައިވާ ފޮށިތަކުގެ ނަތީޖާތައް ވަޒަންކުރުމަށްފަހު، އެ އިންތިހާބު ކުރިއަށް ގެންދިޔަ ޕާޓީގެ ވަގުތީ އިންތިހާބާބެހޭ ކޮމިޓީއިން ބާތިލުކޮށްފައިވާ ހދ. ނޮޅިވަރަމް ދާއިރާގެ ރައީސްގެ އިންތިހާބު 17 ފެބްރުއަރީ 2024 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް، އެ ކޮމިޓީއިން ނިންމާފައި ވާހިނދު، މި އިންތިހާބުގެ ވޯޓު ފޮށިތައް ބަހައްޓާ ތަންތަނާއި އަދި ވޯޓުލުން ކުރިއަށްދާނެ ވަގުތު މި އިއުލާނާއެކު އާއްމުކުރީމެވެ.

ވޯޓުލުން ކުރިއަށްދާނެ ވަގުތު:

·      17 ފެބްރުއަރީ 2024 (ހޮނިހިރު): މެންދުރުފަހު 14:00 އިން ހަވީރު 18:00 އަށް.

 

ވޯޓު ފޮށި ބަހައްޓާ ތަންތަން:

·      ހދ. ނޮޅިވަރަމް: ހަރުގެ

·      ހދ. ނޮޅިވަރަންފަރު: ހަރުގެ

·      މާލެ ސިޓީ: ހައުސް އޮފް ޑިމޮކްރެޓްސް (ހަރުގެ)، މާލެ

 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.

Comments