ދަ ޑިމޮކްރެޓްސް އަކީ އެންމެހައި ދިވެހިރައްޔިތުންނަށް އާންމުކޮށް ހުޅުވައިލެވިގެންވާ ސިޔާސީ ޕާޓީއެކެވެ. މި ޕާޓީ ބިނާވެގެންވަނީ މައިގަނޑު އެއް ފިކުރެއްގެ ގިނަ ރައްޔިތުންތަކެއްގެ ބައިވެރިވުމާއި ޝާމިލުވުމުގެ މައްޗަށެވެ. މި ޕާޓީއަކީ ޑިމޮކްރެސީގެ އަގުހުރި ހަމަތައް ގަބޫލުކުރާ، ފަރުދީ މިނިވަންކަމާއި ހެޔޮވެރިކަމާއި އިގްތިސާދީ ފުދުންތެރިކަން އެންމެންނަށް ހޯދައިދިނުމަށް ބާރުއަޅައި މަސައްކަތްކުރާ ޕާޓީއެކެވެ. އަދި ނަޒާހަތްތެރިކަމާއެކު ގަދަރުވެރި، ޝަރަފުވެރި ގޮތުގައި މި އަމާޒަށް ދަތުރުކުރުމުގެ ޙައްޤު އެންމެންނަށް ހަމަހަމަކަމާއެކު ފަހިވެފައި އޮންނާން ވާނެކަމަށް މި ޕާޓީ ގަބޫލުކުރަމެވެ. މިނިވަންކަމާއެކު ފިކުރު ހިންގުމަށާއި ތަފާތު ޚިޔާލުތަކަށް ޖާގަ ދިނުމަށް ބާރުއަޅައި، ހިތްވަރުދިނުމާއެކު ޑިމޮކްރަސީގެ މައިގަނޑު އުސޫލުތައް ނެގެހެއްޓުމަކީ މި ޕާޓީގެ އަމާޒެކެވެ.
މި ޕާޓީގެ އަސާސީ ޤަވާއިދު ކަށަވަރުކޮށްދެނީ، ޕާޓީގެ ނިންމުންތައް ނިންމާ ހުރިހާ މަރުހަލާއެއްގައި، ޕާޓީގެ ކޮންމެ މެމްބަރެއް، ކޮންމެ ރަށެއް، ކޮންމެ ސިޓީއެއް އަދި ކޮންމެ އަތޮޅެއް ތަމްސީލުވާނޭހެން، އެ އެންމެހައި ފަރާތްތަކެއްގެ ފުރިހަމަ ބައިވެރިވުމާއި ޝާމިލުވުން އޮތުމެވެ. ޕާޓީގެ މުޅި އޮނިގަނޑުގެ ތެރޭގައި ވެސް އަންހެނުންނާއި ޒުވާނުންގެ އަޑު ތަމްސީލު ވާކަން ކަށަވަރު ކުރެވޭނެއެވެ. ވެޓެރަންސް ކްލަބެއް ޤާއިމުވެފައި ވާނެއެވެ. ޒުވާނުންނާއި އައު ލީޑަރުންނަށް ޖާގަ ތަނަވަސްކޮށްދޭނެއެވެ. އަދިސިޔާސަތުތައް ކަނޑައެޅުމުގައްޔާއި ނިންމުންތައް ނިންމުމުގައި އެފަރާތްތަކުގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކޮށްދިނުމަށް ބާރުއަޅައި މަސައްކަތްކުރާނެ ޕާޓީއަކަށް ދަ ޑިމޮކްރެޓްސް ވާނެއެވެ.
މި ޕާޓީގެ އިގުތިސާދީ އަދި އިޖްތިމާޢީ ތަރައްޤީއާއި ކުރިއެރުމުގެ ސިޔާސަތުތައް ފަރުމާކުރާނީ، ރާއްޖޭގެ ޤުދުރަތީ ވެށި ބަލަހައްޓައި ރައްކާތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި މުޖުތަމައެއް ޤާއިމުކުރުމުގެ ތަސައްވުރެއްގެ މައްޗަށެވެ. މި ޕާޓީ ތަސައްވުރުކުރަނީ، ޓެކްނޮލޮޖީއާއި އައު އީޖާދުތަކުގެ ބޭނުން ހިފައިގެން އިގުތިސާދީގޮތުންނާއި މާލީގޮތުން ރައްޔިތުން ބާރުވެރި ކުރުވުމަށެވެ. އަދި ތަޖުރިބާގެ މައްޗަށް ބިނާކޮށް ދެމެހެއްޓެނެވި ސިޔާސަތުތައް ކަނޑައެޅުމާއި ޒުވާން ޖީލުގެ އުންމީދުތަކާއި އައު ވިސްނުމުގައި ކުލަޖެހޭނެހެން ވިސްނުންތެރިކަމާއެކު ކުރިމަގު އަލިކުރަމުން ދިއުމަކީ މި ޕާޓީގެ އަމާޒެކެވެ. މީސްތަކުންގެ މެދުގައި ތަފާތުނުކުރުމާއި އިންސާފުވެރިވުމާއެކު، ޤަދަރުވެރި، ތަނަވަސް، އެއްބައިވަންތަ އަދި ޓޮލަރެންޓް ރައްޔިތުންތަކެއް ބިނާކުރުމަކީ ދަ ޑިމޮކްރެޓްސްގެ އަބަދުމެ އަމާޒެކެވެ.

ފަހުގެ އާއްމު ލިޔެކިޔުން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

އިންތިހާބުތައް

ޤައުމީ މަޖިލިސް

އަހަރުމެން ޑިމޮކްރެޓުން

ޤައުމީ ސެކްރެޓޭރިއެޓް

އަހަރުމެން ޑިމޮކްރެޓުން

އިތުރު ޕަބްލިކޭޝަންތައް

ފަހުގެ އެންގުންތައް

ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ޓެރަރިސްޓް ހަމަލާއަށްފަހު އިންސާފު ގާއިމު ނުކުރެވި 3 އަހަރު ފުރުން ކުށްވެރިކުރުން

ނޫސްބަޔާން | 06 މޭ 2024

މ.މަޑުއްވަރީ ކައުންސިލް ރައީސްގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް މުޙައްމަދު އާޒިމް ޢަލީއަށް މަރުޙަބާ ކިޔުން

ނޫސްބަޔާން | 04 މޭ 2024

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ކިއުން

ނޫސްބަޔާން | 01 މޭ 2024

ގައުމީ ޔުނިވާރސިޓީގެ މެޑިކަލް ސްކޫލުގެ ދަރިވަރުންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ދަ ޑިމޮކްރެޓްސް އިން އިލްތިމާސްކުރުން

ނޫސްބަޔާން | 27 އޭޕްރީލު 2024

ދަ ޑިމޮކްރެޓްސް އާއި ގުޅޭ ގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާން ދެއްކެވި ދޮގު ވާހަކަ ކުށްވެރިކޮށް ނެރޭ ނޫސްބަޔާން

ނޫސްބަޔާން | 16 އޭޕްރީލު 2024

ނިންމުންތައް | 10 މާރިޗު 2024

އިތުރު އަދާހަމަ މައުލޫމާތައް